Sunday, May 28 2023

ޖިނާއީ ކުށްތަކާ ގުޅިގެން އަނިޔާލިބޭ މީހުންނަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި

May 6, 2022

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާލިބިފައިވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މިއޮފީހަށް ހުށަހެޅޭ މައްސަލަތުގައި ހިމެނޭ އަނިޔާ ލިބިފައިވާ މީހުންގެ ތެރެއިން، އެހީތެރިކަމާއި އަޅާލުން ބޭނުންވާ މީހުންގެ މަޢުލޫމާތު މިނިސްޓްރީއާ ޙިއްޞާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި މައްސަލަތަކުގައި ހިމެނޭ ވިކްޓިމުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ކަންކަން އެ މިނިސްޓްރީން ކުރިއަށްގެންދާގޮތުގެ މަޢުލޫމާތު މި ނިޒާމުގެ ތެރެއިން ގަވާއިދުން މި އޮފީހާ ޙިއްޞާކުރަމުން ދާނެއެވެ. މިކަމަށްޓަކައި ދެފަރާތުން ވާހަކަދެއްކޭގޮތަށް އޮންލައިން "ޓޫވޭ ކޮމިއުނިކޭޝަން" ޕޯޓަލެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި ޕޯޓަލްގެ ބޭނުމަކީ މިހާރަށްވުރެ އަވަހަށް މަޢުލޫމާތު ބަދަލުކުރުމާއި، ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް އަޅަމުން ގެންދިއުމެވެ. އަދި އަނިޔާލިބިފައިވާ މީހުންނާ ގުޅިގެން މި އޮފީހާ ޖެންޑަރ މިނިސްޓްރީއާ ދެމެދު ދެކެވޭ ވާހަކަތަކާއި އެޅޭ ފިޔަވަޅުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތް ހެދުމެވެ.

މައްސަލަތަކުގައި އަނިޔާލިބޭ މީހުންގެ މަޢުލޫމާތު ބަދަލުކުރުމާއި، ފޮލޯ-އަޕް ހެދުމަކީ މި އޮފީހާ ޖެންޑްރ މިނިސްޓްރީ ގުޅިގެން މިހާރުވެސް ކުރަމުންގެންދާ މަސައްކަތެކެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ މިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުމެވެ.

މި އެއްބަސްވުމުގައި މި އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމެވެ. އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ.

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ފެޒްލީން އައްޔަންކުރައްވައިފި
ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފި