Wednesday, November 30 2022

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލުކުރައްވައިފި

February 12, 2020

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން 12 ފެބްރުވަރީ 2020 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ ބާއްވަވާފައެވެ.

މި ބައްދަވުމުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާމެދު އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ތަޙްޤީޤީ އިދާރާތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމަށް ދިވެހި ރައްޔިތުންގެ އިތުބާރު އަލުން އަނބުރާ ހޯދައި، އެ އިތުބާރު ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތަޙްޤީޤީ އިދާރާތަކުން ޖިނާއީ ތަޙްޤީޤުތައް ހިންގަނީ ޤާނޫނާ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ޤާނޫނުއަސާސީން އެމަނިކުފާނާ މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރައްވަމުންގެންދަވާ ކަމަށާއި، ތަޙްޤީޤީ އިދާރާތަކުގެ މަސައްކަތްތަކަށް އިތުރަށް ފާރަވެރިވެ، ދިވެހިރައްޔިތުންނަށް އިންޞާފު ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ޝަރީޢަތްތައް މެދުކެނޑުމެއްނެތި ހިންގަންޖެހޭކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ރޫޙަކީ ޝަރީޢަތުގެ މަރުޙަލާތައް މެދުކެނޑުމެއްނެތި އަވަހަށް ކުރިއަށްގެންދިއުންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއް ގޮތުގައި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ޝަފީޢު ހަމަޖައްސަވައިފި
ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤްކުރުމުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލައްވައިފި