Tuesday, December 19 2017

ޕީޖީ އޮފީހުގެ 9 ވަނަ އަހަރީ ދުވަސް، ކިޔަވާކުދިންނަށް ހުޅުވާލެވިފައި

October 11, 2017

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ 9 ވަނަ އަހަރީ ދުވަހާ ގުޅިގެން ބައެއް ސުކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ހުޅުވާލެވިގެން ހިންގޭ ޚާއްޞަ ޙަރަކާތެއް މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ މައި އޮފީހާއި ހދ. ގޮފީގައި ފެށިއްޖެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ދައްކާލުމާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ދައުރާ ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ސެޝަންތަކަކާއެކު ކުރިއަށް ގެންދާ މިޙަރަކާތުގައި ޖުމްލަ 91 ދަރިވަރަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ 15 ދަރިވަރަކާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ 15 ދަރިވަރެއްގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ 10 ދަރިވަރަކާއި މެޕްސް ކޮލެޖްެ 15 ދަރިވަރަކާއި އެވިޑް ކޮލެޖްގެ 04 ދަރިވަރަކާއި އަފީފުއްދީން ސްކޫލްގެ 29 ދަރިވަރަކާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކުޅުދުއްފުށި ބްރާންޗްގެ 03 ދަރިވަރެއް ހިމެނެއެވެ.

ސުޕްރީމްކޯޓުގެ އަހަރީ ޙަފްލާގައި ބައިވެރިވެއްޖެ