Tuesday, December 19 2017

ސުޕްރީމްކޯޓުގެ އަހަރީ ޙަފްލާގައި ބައިވެރިވެއްޖެ

September 18, 2017

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 9 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު 2017 ސެޕްޓެންބަރު 18 ވަނަ ދުވަހުގެރޭ ދެއްވި ޚާއްޞަ ރިސެޕްޝަނުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުން ބައިވެރިވެއްޖެއެވެ. ސުޕްރީމްކޯޓުގައި ކުރިއަށްދިޔަ މިރިސެޕްޝަނުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތިރީހަށްވުރެ ގިނަ ޕްރޮސިކިއުޓަރުން ބައިވެރިވިއެވެ. މިރިސެޕްޝަނުގައި ޝަރުޢީ ދާއިރާއާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންނާއި ޤާނޫނީ ވަކީލުންނަށް ޝަރުޢީ ކޯޓުތަކުގެ ނިންމުންތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ލެކްސިސް ނެކްސިސް އާ ގުޅިގެން ކުރިޔަށް ގެންދަވާ ޕްރޮޖެކްޓްގެ ތެރެއިން ޝާއިޢުކުރެވޭ "ދިވެހިރާއްޖެ ޤާނޫނު ރިޕޯޓުތައް" ގެ ފުރަތަމަ ވޮލިއުމާއި، ޗައިލްޑް ރައިޓްސް އެންޑް ޖުވެނައިލް ޖަސްޓިސް ސިސްޓަމްގެ ނަމުގައި ފަނޑިޔާރުންގެ މަހާސިންތާގެ ތެރެއިން ކުރިޔަށްދިޔަ ސިމްޕޯސިއަމްގައި އެކުލަވާލާފައިވާ ޖުވެނައިލް ޖަސްޓިސް އެކްޝަން ޕްލޭން  އުއްތަމަ ފަނޑިޔާރު ނެރެދެއްވިއެވެ. ދިވެހިރާއްޖެ ޤާނޫނު ރިޕޯޓުތަކުގެ ފުރަތަމަ ވޮލިއުމްގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކެވެ. މިރިސެޕްޝަންގައި ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން، އެކިދާއިރާތަކުން ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން ބައިވެރިވެފައިވެއެވެ. 


ކޮލޯކިއަމް އޮން ކްރިމިނަލް ޖަސްޓިސް ސިސްޓަމް އެންޑް ކްރިމިނަލް ޕްރޮސީޖަރ އެކްޓް ގައި ބައިވެރިވެއްޖެ
ޕީޖީ އޮފީހުގެ 9 ވަނަ އަހަރީ ދުވަސް، ކިޔަވާކުދިންނަށް ހުޅުވާލެވިފައި