Thursday, February 21 2019

ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓެޓިވްއާ ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލުކުރައްވައިފި

July 3, 2017

ޔުނިސެފް މޯލްޑިވްސްގެ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެލިސް އަކުންގާއާ ޕްރޮސިކިއުޓަރ ޖެނެރަލް މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި، އެނިޒާމާ މިއޮފީހުގެ މަސައްކަތްތަކާ ގުޅޭ ހިސާބާއި، ކުޑަކުދިންގެ މައްސަލަތަކަށް ފިޔަވަޅު އެޅުއްވުމުގައި މިއޮފީހުން ގެންގުޅޭ އުޞޫލުތަކާއި، ކުޑަކުދިންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި މިއޮފީހުގައި މަސައްކަތްކުރައްވާ ޕްރޮސިކިއުޓަރުންނާއި ވިކްޓިމް ސަޕޯޓް ޔުނިޓުގެ މުވައްޒަފުންނަށް އަމާޒުކޮށް ޔުނިސެފުގެ އެހީގައި ހިންގުމަށް މަޝްވަރާކުރެވިފައިވާ ތަމްރީން ޕްރޮގްރާމްތައް ތަންފީޛުކުރުމާ ގުޅޭގޮތުންނާއި، އަންނަ އަހަރު ޔުނިސެފްގެ އެހީގައި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން މިއޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި ބައިތަކުގެ ތެރެއިން އިސްކަން ދޭން ބޭނުންވާ ކަންކަން ހިމެނެއެވެ. މި ބައްދަލުވުމުގައި ޑޮކްޓަރ އެލިސް އަކުންގާވަނީ ޔުނިސެފުން ހިންގަވާ ތަފާތު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލާ ޙިއްޞާކުރައްވާފައެވެ. މި ބައްދަލުވުމުގައި ޑރ. އެލިސް އަކުންގާގެ އަރިހުގައި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހުގެ ޕްރޮގްރާމް ސްޕެޝަލިސްޓް، މުޙައްމަދު ނަޢީމް ބައިވެރިވެވަޑައިގަތެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ މަޢުލޫމާތު ކަރުދާހުގެ ފުރަތަމަ ކަރުދާސް އިފްތިތާޙްކުރުން
ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރ ޕްރޮސިކިއުޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި