Wednesday, November 30 2022

ހިންގުމުގެ ނިޒާމު ރޭވިފައިވާ ގޮތް

ކޯޕަރޭޓް އެފެއަރޒް ޑިވިޜަން

ކޯޕަރޭޓް އެފެއަރޒް ޑިވިޜަން ހެޑް ކުރައްވާނީ ޑިރެކްޓަރ ޖެނެރަލެވެ. ކޯޕަރޭޓް އެފެއަރޒް ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، އޮފީހުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، މުވައްޒަފުންގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އޮފީހަށް ކަނޑައެޅޭ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ރާވައި ތަންފީޛުކުރުމާއި، އޮފީހުގައި ޤާއިމުކޮށްފައިވާ އިންފޮމޭޝަން ޓެކްނޮލޮޖީ ވިއުގައިގެ އެންމެހައި ކަންކަން ބަލަހައްޓައި ވިލަރެސްކުރުމާއި، އޮފީހުގެ ތަފާސް ހިސާބުތައް ބަލަހައްޓައި، ރެކޯޑުތަކާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުމެވެ.

މި މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި ކޯޕަރޭޓް އެފެއަރޒް ޑިވިޜަންގެ ދަށުން އެޑްމިނިސްޓްރޭޓިވް ސެކްޝަނާއި، ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނާއި، ހިއުމަން ރިސޯސް ސެކްޝަނާއި، އައި.ސީ.ޓީ އަދި ރެކޯޑްސް އެންޑް ސްޓެޓިސްޓިކްސް ސެކްޝަނެއް ޤާއިމުކޮށްފައިވާނެއެވެ.

ގުޅުއްވުމަށް

ކޯޕަރޭޓް އެފެއަރޒް ޑިވިޜަނަށް ގުޅުއްވުމަށް

3003289
ޕްރޮސިކިއުޝަން ޑިވިޜަން

ޕްރޮސިކިއުޝަން ޑިވިޜަން ބެހިގެންވަނީ މައިގަނޑު ހަ ބަޔަކަށެވެ. އެއީ، އެޓޯލްސް ސެކްޝަނާއި، ޕްރޮސިކިއުޝަން ސެކްޝަނާއި، އިންވެސްޓިގޭޝަން އެންޑް ރިމާންޑް ސެކްޝަނާއި، ޕްރޮސިކިއުޝަން ސަޕޯޓް ސެކްޝަނާއި، އެޕީލް ސެކްޝަނާއި، ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓެވެ.

އެޓޯލްސް ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތްތަކަކީ، އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ މިއޮފީހުގެ ގޮފިތަކަށް ހުށަހެޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމާ ގުޅޭ އެންމެހައި ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމާއި މާލޭ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކާއި، އެމައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ވިލަރެސްކޮށް ބެލެހެއްޓުމެވެ.

ޕްރޮސިކިއުޝަން ސެކްޝަންގެ އިންތިޒާމުތައް ރޭވިފައިވަނީ މާލޭ އޮފީހަށް ހުށަހެޅޭ އެންމެހައި މައްސަލަތަކަށް ފަސޭހައިން ފިޔަވަޅުއެޅޭނެ ގޮތަކަށެވެ. އެގޮތުން އެ ސެކްޝަނުގެ ދަށުން ޔުނިޓްތަކެއް ޤާއިމުކޮށްފައިވާނެއެވެ. އެ ޔުނިޓުތަކަކީ މޭޖަރ ކްރައިމްސް ޔުނިޓް، ފެމިލީ އެންޑް ޗައިލްޑް ޔުނިޓް، އިކޮނޮމިކް އެންޑް ފައިނޭންޝަލް ކްރައިމްސް ޔުނިޓް، ޖެނެރަލް ކްރައިމްސް ޔުނިޓް އަދި ޑްރަގް ޔުނިޓެވެ.

މޭޖަރ ކްރައިމްސް ޔުނިޓުން ފިޔަވަޅު އަޅާނީ، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ މައްސަލަތަކާއި، އެކްސްޓޯޝަން/ ބިރުދެއްކުމުގެ މައްސަލަތަކާއި، ޓްރާންސްނޭޝަނަލް މައްސަލަތަކަށެވެ.

ފެމިލީ އެންޑް ޗައިލްޑް ޔުނިޓުން ފިޔަވަޅު އަޅާނީ, ކުޑަކުދިންނަށްކުރާ އަނިޔާއާގުޅޭ މައްސަލަތަކާއި، ގެވެށިއަނިޔާގެ މައްސަލަތަކަށެވެ.

އިކޮނޮމިކް އެންޑް ފައިނޭންޝަލް ޔުނިޓުން ފިޔަވަޅު އަޅާނީ, މަނީ ލޯންޑަރިންގ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކާއި ޓެކުހާގުޅޭ މައްސަލަތަކަށެވެ.

ޖެނެރަލް ކްރައިމްސް ޔުނިޓުން ފިޔަވަޅު އަޅާނީ, މޭޖަރ ކްރައިމްސް ޔުނިޓާއި، ފެމިލީ އެންޑް ޗައިލްޑް ޔުނިޓާއި، އިކޮނޮމިކް އެންޑް ފައިނޭޝަލް ކްރައިމްސް ޔުނިޓް އަދި ޑްރަގް ޔުނިޓުން ފިޔަވަޅުއަޅާ ބާވަތުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކަށެވެ.

ޑްރަގް ޔުނިޓުން ފިޔަވަޅު އަޅާނީ، މަސްތުވާތަކެއްޗާގުޅޭ މައްސަލަތަކަށެވެ.

ގުޅުއްވުމަށް

ޕްރޮސިކިއުޝަން ޑިވިޜަނަށް ގުޅުއްވުމަށް

3003273
ޕީޖީ ބިއުރޯ

ޕްެރޮސިކިއުޓަރ ޖެނެރަލްގެ ބިއުރޯގެ މައިގަނޑު މަސައްކަތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި، ބައްދަލުވުންތަކާއި، ރަސްމީ ދަތުރުފުޅުތައް އިންތިޒާމުކޮށް ވިލަރެސްކުރުމެވެ.

އިންފޮމޭޝަން އޮފިސަރުގެ ޔުނިޓާއި، ލީގަލް އެންޑް ލެޖިސްލޭޓިވް އެފެއާޒާ ގުޅުންހުރި ކަންކަމާއި، އިންޓަރނޭޝަނަލް އެފެއާޒާ ގުޅުންހުރި މަސައްކަތްތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ސީދާ ބެލުމުގެ ދަށުން ކުރިޔައްގެންދާ މަސައްކަތްތަކެވެ.

ގުޅުއްވުމަށް

ޕްެރޮސިކިއުޓަރ ޖެނެރަލްގެ ބިއުރޯއަށް ގުޅުއްވުމަށް

3003286